އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ބުނި ގޮތުގައި ގައުމީ ކޯޗިން ޕޫލުގައި އައްޑޫގައި މަސައްކަތްކުރާ ޔަސްމަން، މި ލިބުނު ފުރުސަތުގައި ކޯޗިން ކޯހުގައި ލެވެލް ދޭއް ފުރިހަމަ ކުރާނީ ތުރޯ އިން އިންނެވެ. އަދި، ގައުމީ އެތުލެޓިކްސް ޓީމުގައި ކުރިން ހިމެނި ގިނަ މުބާރާތްތަކެއްގައި ވާދަކުރި، ކުލޫ ލެވަލް ދޭއް ފުރިހަމަކުރާނީ، މިޑްލް އެންޑް ލޯންގް ޑިސްޓެންސް އިންނެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފައިވަނީ، ވޯލްޑް އެތުލެޓިކްސް އިން އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ޑިވެލޮޕްމަންޓް ސެންޓަރުތަކުގައި، ކުރިއަށްދާ މި ފަދަ ކޯސްތަކުން ފުރުސަތު ލިބުމާ އެކު، ޝައުގުވެރިވާ ކޯޗުންނަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ކޯޗުންގެ ސީވީތައް ބެލުމަށް ފަހު، އެންމެ ރަނގަޅު ކޯޗުންނަށް މި ފުރުސަތު ފަހިކޮށްދޭ ކަމަށެެވެ.