ads
ކެލާ
ސިހުރު ޖެހި މީހުން ބަލިވާތީ ފުލުހުން ކެލާއަށް އަރާ ބަޔަކު ހައްޔަރުކޮށްފި
ސިހުރުގެ ސަބަބުން ހއ. ކެލާގައި މީހުން  ބަލިވިކަމަށް ތުހުމަތުކުރާތީ ގިނަ އަދަދެއްގެ ފުލުހުން އެ ރަށަށް އަރާ ބަޔަކު ހައްޔަރުކޮށްފިއެވެ.
Advertisement

ދިއްދޫގައި ތިބި ގިނަ އަދަދެއްގެ ފުލުހުން ކެލަޔަށް އެެރީ މިއަދުގެ ވަގުތެއްގައެވެ. އަދި އެރަށުގެ ގިނަ ގެތަކެއް ވަނީ ބަލާ ފާސްކޮށްފަ އެވެ. އެގޮތުން އެރަށުގެ ގާތްގަނޑަކަށް ފަންސާހަކަށް ގެއަށް ފުލުހުން ވަދެ ވަނީ ބަލާ ފާސްކޮށްފައެވެ. 

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުން އެ ހުރިހާ ގެއަކަށް ވަދެފައިވަނީ ގާތްގަނޑަކަށް އެއް ވަގުތެއްގައިކަމަށެވެ. އަދި އެ ގެތަކުން އެކި ފާޑުފާޑުގެ ފޮތްތައް ގެންދިޔަކަމަށް ވެސް އެރަށު މީހުން ބުނެ އެވެ.

އެރަށު މީހުން ބުނީ އެރަށުގައި ސިހުރުގެ އުނދަގޫ އެންމެ ބޮޑުވަނީ ސްކޫލްގެ ބޮޑެތި އިމްތިހާނުތައް އޮންނަ ދުވަސްވަރާއި ދިމާކޮށްކަމަށެވެ. އެ ފަދަ ދުވަސްވަރު ދަރިވަރުން އާދަޔާ ހިލާފަށް ބަލިވުމުގެ ކަންކަން ދިމާވަމުން އަންނަކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުނެ އެވެ. އަދި އެކަން އޭގެ ފަހަށް ދެމިގެންދާކަމަށް ވެސް އެ މީހާ ބުނެ އެވެ. 

މި ފަހަރު ފުލުހުން އެރަށް އެރީ ވެސް މީގެ ދެ ދުވަހެއްވަރު ކުރިން މީހުން އާދަޔާ ހިލާފަށް ބަލިވާތީ އެކަމުގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް ކަމަށެވެ. 

21%
ކަމުގޮސްފި
55%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް