ރީތިކަމާއި ސްޓައިލިޝް ކަމަށް މަޝްހޫރު މި ދެތަރިން ކުޑައިރުވެސް ހަމަ އެހާ ރީއްޗެވެ.
އިންސްޓްރާމްގައި ޝެއާ ކޮށްފައިވާ ފޮޓޯއަކުން ފެންނަގޮތުން ކުޑަ ކުޑަ ކަރިސްމާ އިނީ ވަރަށް ލޯބިން އޭނާގެ ކޮއްކޮ ކަރީނާގެ ގައިގައި ބައްދާލާގެންނެވެ. އެ ޕޯސްޓްގައި އެ ދެތަރިންގެ މިހާރުގެ ފޮޓޯއެއް ވެސް ވަނީ ޝެއާ ކޮށްފައެވެ.
ކުޑަ އިރު އެހާ ލޯބި ލޯބިކޮށް ތިބި ދެކުދިން މިހާރު ބޮޑުވެފައި ވާއިރު އެ ދެތަރިންގެ ރީތިކަން ފަޑުވެގެން ނުދާކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ގޭގައި ކަރަންޓީނުގައި ހޭދަކުރަމުންދާ ދުވަސްތަކުގައި ކަރީނާ ދަނީ އިންސްޓަގްރާމްގައި ތަފާތުގިނަ ފޮޓޯތައް ޝެއާ ކުރަމުންނެވެ. ކަރީނާ ވަނީ އޭނާގެ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ފޮޓޯއެއް ހިއްސާކޮށް އަނެއްކާ ވެސް ރާއްޖެ އަންނަން ވަރަށް ބޭނުންވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ކަރީނާ ވަނީ އޭނާގެ ދަރިފުޅު ތައިމޫރް އަލީ ހާން، ޕާސްތާއިން ހަދާފައިވާ ފަށެއް އަޅައިގެން ނަގާފައިވާ ފޮޓޯ އެއް ވެސް އިންސްޓަގްރާމްގައި ޝެއާ ކޮށްފައެވެ.