ads
ރާއްޖެއަށް އެތެރެކުރަނިކޮށް އަތުލައިގެން ޑްރަގްސް
ނުވަ ލައްކަ ރުފިޔާގެ ޑްރަގު ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގެންފި
ރާއްޖެއަށް އެތެރެކުރަން އުޅުނު ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ޑްރަގު އަތުލައިގެންފިއެވެ.
Advertisement

މި ތަކެތި އަތުލައިގަތީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިންނެވެ. 

އެ އިދާރާއިން ބުނީ މި ތަކެތި  ފެނުނީ ކޫރިއާ މެދުވެރިކޮށް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނިކޮށްކަމަށެވެ. އަދި މި ކޫރިއާގެ ތެރެއިން 395 ގުރާމުގެ ޑްރަގްސް ފެނިފައިވާކަމަށް ކަސްޓަމުން ބުނެއެވެ. 

އިއްޔެ ރާއްޖެ އެތެރެކުރި ޕެކޭޖެއް ބަަލައި ފާސްކުރިއިރު އެ ޕެކޭޖުގެ ތެރެއިން ފެނުނު ޑްރަގު ޓެސްޓްކުރިއިރު އެތަކެތި ކޮކެއިން އަށް ޕޮޒިޓިވް ވެފައި ވާކަމަށް ކަސްޓަމްސްއިން ބުނެއެވެ. 

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.

ކަސްޓަމްސްއިން  ބުނީ ޕެކޭޖްތެރެއިން ފެނުނު ޑްރަގުގެ މަގުމަތީ އަގަކީ 987،500 ދިވެހި ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުނާއި ހަވާލުކޮށްްފައިވާކަމަށް ކަސްޓަމުން ބުނެއެވެ. 

ޑުްރަގާއި އެކު ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ލަންކާ މަސްބޯޓެއް ދާދި ފަހުން ވަނީ ދިވެހި ސިފައިން އަތުލައިގެންފައެވެ. ހދ. މަކުނުދޫ ބޭރުން މި ބޯޓް އަތުލައިގަތުމަށް ފަހު ކުޅުދުއްފުށްޓަށް ގެންގޮދސް ބަލާ ފާސްކުރުމުން އެ ބޯޓުން ވަނީ 468 ކިލޯގެ ޑްރަގްސް ފެނިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް