ގަވައިދާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު "އަށެންގުތަ" ނަމަކަށް ކިޔާ ލަންކާގެ މި މަސްބޯޓު އެމްއެންޑީއެފުން އަތުލަގައިތީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. ހދ. މަކުނުދޫ ބޭރުން މި ބޯޓް އަތުލައިގަތުމަށް ފަހު ކުޅުދުއްފުށްޓަށް ގެންގޮދސް ބަލާ ފާސްކުރުމުން އެ ބޯޓުން ވަނީ 468 ކިލޯގެ ޑްރަގްސް ފެނިފައެވެ.
ފުލުހުން ބުނީ މި ބޯޓުން އަތުލައިގެން 5 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ ކޯޓަށް ގެންދިޔުމުން އެ އެންމެްގެ ބަންދަށް 30 ދުވަސް ޖަހާދީފައިވާކަަމަށެވެ.
ލަންކާ ބޯޓުން ހައްޔަރުކުރި މީހުން
މި މީހުން ތިބި ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޕްރެލިމިނަރީ ނަތީޖާތައް ދައްކާ ގޮތުން އޭގެ ތެރޭގައި 344 ކިލޯގެ މެތު އަދި 124.6 ކިލޯގެ ކޮކެއިން ފެނިފައިވާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ ވިދާޅުވެފައެވެ. މި ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާކަމަށް ރައީސްް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ލަންކާ ބޯޓާ މި ބޯޓުން ގެނައި ތަކެެއްޗާއި ރާއްޖޭގެ އެއްވެސް ޑްރަގް ނެޓްވޯކަކާ ގުޅުމެއް ވާކަމެއް އަދި ނޭނގޭ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.