ޓްއަރިޒަމްގެ ހިސާބުތަކުން ދައްކާގޮތުން މިދިޔަ ނޮވްމެބަރު މަހު އައި ފަތުރުވެރިންގެ އަދަދު 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 5.7 އިންސައްތަ އިތުރެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 163،658 އެކެވެ.
މި ނޮވްމެބަރުމަހު ރާއްޖެ އައި 172،985 ފަތުރުވެރިންނާއި އެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިވަނީ 1.83 މިލިއަނަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 153،789 ފަތުރުވެރިން އިތުރު އަދަދެކެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ.
އަހަރުގެ މިހާތަނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ ލައްކަ ފަންސާސް އެއްހާހަށް ވުރެ މައްޗަށް އަރައެވެ.
އެންމެ ގިނަ ފަތުރުވެރިން އައި 10 ގައުމު
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،249 ތަނެއް ދަނީ ހިންގަމުންނެވެ. ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 62،816 އެވެ.
އޭގެތެރޭގައި ހިމެނެނީ 171 ރިސޯޓާއި 909 ގެސްޓްހައުސް ހިމެނެއެވެ. މީގެއިތުރުން 155 ސަފާރީ އަދި 14 ހޮޓާވެސް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 62،816 އެވެ.