އެޗްޑީސީން މާލިއްޔަތު ކޮމެޓީއާ ހިއްސާކޮށްފައިވާ ލިސްޓުގައި 18 ކުންފުންޏަކާއި އަމިއްލަ ދެ ފަރާތެއް ހިމެނެ އެވެ. މި ފަރާތްތަކުން ކުއްޔަށް ނަގާފައިވަނީ ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅުން ދޫކޮށްފައިވާ ބިންތަކެވެ. ބައެއް ކުންފުނިތަކުން ދެ ބިމާއި ތިން ބިން ވެސް ކުއްޔަށް ނަގާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން މިއަދު ހެނދުނު 11:00 އަށް ތާވަލުކޮށްފައި އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ވަނީ ބުދަ ދުވަހަށް ފަސްކޮށްފަ އެވެ. އެ ބައްދަލުވުމަށް އެޗްޑީސީގެ ވެރިން ހާޒިރުކުރަން ވަނީ ހަމަޖެހިފަ އެވެ.
ކުލި ނުދައްކާ ކުންފުނިތަކުގެ ތެރޭގައި ޖައުސާ އިންވެސްޓްމަންޓް، އެޗްޕީއެޗް ޑިވެލޮޕްމަންޓް، އައިލެންޑް އެކްސްޕާޓް، ހަންބޯ ކޮމްޕެނީ އަދި ރެއިންބޯ މެގަ ޑިވެލޮޕާސް ފަދަ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ.