ads
ކެލާ
ކެލާ ސިހުރުގެ މައްސަލާގައި ބަންދުކުރި އެންމެން ދޫކޮށްލައިފި
ސިހުރުގެ ސަބަބުން ހއ. ކެލާގައި މީހުން ބަލިވިކަމަށް ތުހުމަތުކުރާތީ އެރަށް ފުލުހުން އަރާ ހައްޔަރުކުރި އެންމެން ދޫކޮށްްލައިފިއެވެ.
Advertisement

ސިހުރާއި ގުޅިގެން ކެލާގައި މީހުން ބަލިވާތީ ދިއްދޫގައި ތިބި ގިނަ އަދަދެއްގެ ފުލުހުން ކެލަޔަށް އެެރީ އިއްޔެގެ ވަގުތެއްގައެވެ. އަދި އެރަށުގެ ގިނަ ގެތަކެއް ވަނީ ބަލާ ފާސްކޮށްފަ އެވެ. އެގޮތުން އެރަށުގެ ގާތްގަނޑަކަށް ފަންސާހަކަށް ގެއަށް ފުލުހުން ވަދެ ވަނީ ބަލާ ފާސްކޮށްފައެވެ. 

ފުލުހުން އެ ހުރިހާ ގެއަކަށް ވަދެފައިވަނީ ގާތްގަނޑަކަށް އެއް ވަގުތެއްގައިކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވެއެވެ. އަދި އެ ގެތަކުން އެކި ފާޑުފާޑުގެ ފޮތްތައް ގެންދިޔަކަމަށް ވެސް އެރަށު މީހުން އިއްޔެ ބުންޏެވެ. 

ފުލުހުން އިއްޔެ ކެލާއަށް އަރާ 4 މީހަކު ހައްޔަރުކުރިކަމަށް އެރަށުން ބުނެއެވެ. 

މި އެންމެންވެސް މީހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ ތަފްސީލެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ގެތަކުން ގެންދިޔަ ތަކެއްޗަށް ހެދި ގޮތެއްވެސް އަދި ފުލުހުން ނުބުނެއެވެ. 

އެރަށުގައި ސިހުރުގެ އުނދަގޫ އެންމެ ބޮޑުވަނީ ސްކޫލްގެ ބޮޑެތި އިމްތިހާނުތައް އޮންނަ ދުވަސްވަރާއި ދިމާކޮށްކަމަށް އެރަށު މީހުން ބުނެއެވެ. އެ ފަދަ ދުވަސްވަރު ދަރިވަރުން އާދަޔާ ހިލާފަށް ބަލިވުމުގެ ކަންކަން ދިމާވަމުން އަންނަކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުނެ އެވެ. އަދި އެކަން އޭގެ ފަހަށް ދެމިގެންދާކަމަށް ވެސް އެ މީހާ ބުނެ އެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް