ads
މަލައިކާ އާއި އަރްޖުން--
މަލައިކާ އަރްޖުންއަށް ޕުޑިންއެއް އަޅައިދީފި
މި ލޮކްޑައުނުގައި ބަތަލާ މަލައިކާ އަރޯރާ އަންނަނީ އޭނާގެ ކެއްުކުމުގެ ހުނަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ސޯޝަލް މީޑިއާއަށް ހިއްސާކުރަމުންނެވެ. އެގޮތުން މިފަހަރު އޭނާ ތައްުޔާރު ކުރި ކެއުމެއް ލޯބިވެރިޔާ އަރުޖުން ކަޕޫރު މިވަނީ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.

ތަފާތު އެކި ފޮނިކާ ތަކެތި ތައްޔާރުކުރުމަށް ފަހު އޭގެ ފޮޓޯތައް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން މަލައިކާ އިންސްޓަގްރާމަށް ހިއްސާކޮށްފައިވާއިރު މިފަހަރު އޭނާ ކެއުމެއް ތައްޔާރުކުރީ ލޯބިވެރިޔާއަށްޓަކަ އެވެ. 

އަރުޖުން މިކަން އިންސްޓަގްރާމު ސްޓޯރީ މެދުވެރިކޮށް ހިއްސާކޮށް އޭގައި ވަނީ "ހާ" ޖަހާފަ އެވެ. އަދި އޭގައި ފިޔާތޮށި ހިތެއް ވެސް ޖަހާފައިވެ އެވެ. 

މީޣެ ކުރިން އަރުޖުން ވެސް ވަނީ އޭނާ ބަދިގޭގައި އުޅޭ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށް އޭގައި "ފޭކް ބޭކާ" ޖަހާފަ އެވެ.

އުމުރުން 46 އަހަރުގެ މަލައިކާ އާއި އަރްޖުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެއްބަސްވެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ވެސް އަންނަނީ ސޯޝަލް މީޑިއާއަށް ހިއްސާކުރަމުންނެވެ. 

ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު ސަލްމާން ހާނުގެ ކޮއްކޮ، އަރްބާޒު ހާނާއި މަލައިކާ ކައިވެނިކުރި އެވެ. އެކައިވެންޏަށް 16 އަހަރުގެ ދަރިއަކު ވެސް ލިބިފައިވާއިރު އެކައިވެނި ރޫޅުނީ 2017 ވަނަ އަހަރެވެ. އެކައިވެނި ރޫޅުމުގެ ސަބަބަކީ ވެސް އަރުޖުން ކަމަށް އޭރު އަޑުތައް އެރި އެވެ.

މިހާތަނަށް އުމުރުން 34 އަހަރުގެ އަރުޖުން މީހަކާ ކައިވެނިކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް