ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯގެ ކްލަބު، ރެއާލް ވަޔަޑޮލީޑްގެ ކޯޗު ޕައުލޯ ޕެޒޯލާނޯ މަގާމުން ވަކިކުރީ، އާދީއްތަ ދުވަހު އެތުލެޓިކޯ މެޑްރިޑް އަތުން ބޮޑު ތަފާތަކުން ބަލިވި މެޗަށް ފަހު ހިނގައިދިޔަ ކަންތައްތަކަށް ފަހުއެވެ. ފަސް ލަނޑު ސުން ލަނޑުން ބަލިވި އެ މެޗަށް ފަހު އެ ކްލަބުގެ ސަޕޯޓަރުންވަނީ ކްލަބުގެ މެޖޯރިޓީގެ ވެރިޔާ ރޮނާލްޑޯ ނަޒާރިއޯއާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާކޮށްފައެވެ.
ކްލަބުގެ ސަޕޯޓަރުން ރޮނާލްޑޯއާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރިނަމަވެސް އެކަމާ ގުޅޭ ގޮތުން އޭނާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޯޗު މަގާމުން ވަކިކުރިއިރު، ވަޔަޑޮލީޑް އޮތީ، ތާވަލުގެ ފުލުގައެވެ. އެ ޓީމަށް ފުރަތަމަ 15 މެޗުން ލިބުނީ އެންމެ ދެ މޮޅެވެ.