ކޭންއަށް އަނިޔާވީ ހޮނިހިރު ދުވަހު ބޮރޫޝިއާ ޑޯޓްމަންޑާ އެއްވަރުވި މެޗުގައެވެ. ބަޔާންގެ މެޑިކަލް ޓީމާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ކޭންގެ ފަލަމަސްގަނޑަށްވަނީ އަނިޔާވެފައެވެ. އަދި އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ދެ ހަފްތާއެއްހާ ދުވަސް ނަގާނެއެވެ. ހޮނިހިރު ދުވަހުގެ މެޗުގައި 33 ވަނަ މިނިޓުގައި ކޭންވަނީ އަނިޔާގެ ސަބަބުން ބާލާފައެވެ.
އުމުރުން 31 އަހަރުގެ ކޭންއަށް، އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ޖަރުމަނު ކަޕްގެ ފަހު 16 ވަނަ މެޗުގައި ޑިފެންޑިން ޗެމްޕިއަން ބަޔާން ލެވަކޫސަންއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ. ބަޔާން އަށް 2024 ވަނަ އަހަރު ބާކީ އޮތީ އިތުރު ފަސް މެޗެވެ.
ކޭންއަށް މި އަނިޔާވީ ރަނގަޅު ފޯމެއްގައި އޭނާ ހުއްޓައެވެ. މި ސީޒަނުގައި ކޭންވަނީ ކުޅުނު ހުރިހާ މުބާރާތަކުން 19 މެޗުގައި 20 ގޯލު ޖަހައިފަ އެވެ.