ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ - ފޮޓޯ: އަދަދު
ގޭންގު ކުށުގެ ނަމުގައި ޒުވާނުންނަށް ވާނުވާ ޖެހުމާމެދު ޔާމީން ކަންބޮޑުވުން ފާޅުކުއްވައިފި
ގޭންގު ކުށުގެ ނަމުގައި ޒުވާނުން ހައްޔަކޮށް ވާނުވާ ބަންދު ޖަހަމުންދާ ގޮތާމެދު ކުީގެ ައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުއްވައިފި އެވެ.
Advertisement

ޕީއެންއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ބޮޑެތި ޖިނާއީ ކުށްތަކުގައި ކުށުގެ ވެށިން ހައްޔަރުކުރާ މީހުންގެ ތަހުގީގު ނިންމަން ވަކި މުއްދަތެއް ޖެހިދާނެ ކަމަށެވެ. ނަމަވެސް އެނޫން ހާލަތްތަކުގައި ފުލުހުން މައްސަލަ ތަހުގީގުކޮށް ނުނިމެނީސް ވާނުވާ ނުޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޝަީއަތަށް އަދި މައްސަލަ ދަނީކީ ވެސް ނޫން. މި ދަނީ ފުަތަމަ ވާނުވާ ޖަހަން. އަދި ފުލުހުން މައްސަލަ ތަހުގީގުކޮށް ނުނިމޭ. ތަހުގީގުކޮށް ނުނިމެންޏާ ކިހިނެއްތޯ ކުށުގެ ވެށިން ހައްޔަކުާ މީހެއް ނޫނިއްޔާ، ކިހިނެއްތޯ ވާނުވާ ޖަހަން ފުލުހުންނަށް ނިންމޭނީ އޭނާ އެއީ ކުށްވެިއެއް ކަމަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާނަކީ ވެރިކަމުގެ ކުރީކޮޅު ވާނުވާ ބަންދުގެ ވާހަކަ ދެއްކެވި ބޭފުޅެއް ކަމަށާއި އެކަމަކު މިހާު އެ ވާހަކަ ނުދައްކަވާ ކަމަށެވެ. އަދި ވާނުވާ ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކުރާ މީހުންނަށް ނުހައްގުން ލިބޭ އަނިޔާއަށް ބަދަލު ދޭނެ އުސޫލެއް ނޯންނަ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް