
ކުޅިވަރު މިނިސްޓްރީން މިއަދު ދިން މައުލޫމާތުގައިވާ ގޮތުން، ސްޕޯޓްސް އެވޯޑްސް 2024 އަށް ޖުމްލަ 5،249،038.31 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއީ، އިވެންޓް މެނޭޖްމެންޓަށް 3،8025900 ރުފިޔާއާއި، ސްޕޯޓްސް އެވޯޑްސް ޓްރޮފީ 2024 ޗާޖަސްގެ ގޮތުގައި 759،310.11 ރުފިޔާއާއި، ޓްރޮފީ މޯލްޑުކުރުމާއި ފްރައިޓް އަދި ޓްރާންސްޕޯޓަށް 85،796 ރުފިޔާގެ އިތުރުން ސްޕޯޓްސް އެވޯޑްސް 2024 ރީލޮކޭޝަން ޗާޖުގެ ގޮތުގައި 578،032.20 ރުފިޔާއެވެ.
ސްޕޯޓްސް އެވޯޑްސް 2024 އިވެންޓް މެނޭޖްކޮށްފައިވަނީ އޮފިޝަލް އިވެންޓްސްއިންނެވެ. އަދި ޓްރޮފީގެ ކަންކަން ކޮށްފައިވަނީ އެންކޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުންނެވެ.
ސްޕޯޓްސް އެވޯޑްސްއަށް ކުރި ހަރަދުގެ ތަފްސީލް
ސްޕޯޓްސް އެވޯޑްސްގައި ވަނީ އެކި ކުޅިވަރުތަކުން އެންމެ މޮޅު ކުޅިވަރު އެތުލީޓުން ހޮވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހަންމަދު ލަތީފު އާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުގެ އިތުރުން ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.