ޕޯޗުގަލްގެ އުމުރުން 25 އަހަރުގެ ޑެލޮޓް ހޯދުމަށް ރިއާލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނާއިރު، ޑެލޮޓްގެ އެޖެންޓުންނާ ރިއާލުން ނުރަސްމީކޮށް ވާހަކަ ދައްކަމުން އަންނަ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
ޑެލޮޓްގެ ކޮންޓްރެކްޓްގައި އަދި ބާކީ ތިން އަހަރެއްހާ ދުވަސް އެބައޮތެވެ. ބެލެވޭ ގޮތުގައި ޔުނައިޓެޑުން، ޑެލޮޓް ދޫކޮށްލާނަމަ މަދުވެގެން 50 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް ޑިމާންޑް ކުރާނެއެވެ. ވަކިން ހާއްސަކޮށް، އާ ކޯޗުގެ ޕްލޭންގައި ޑެލޮޓް ހިމެނޭ ކަމީ މިކަމުގެ ހެއްކެކެވެ.
ޕޯޗުގަލްގެ އެފްސީ ޕޯޓޯއިން ޑެލޮޓް ޔުނައިޓެޑަށް އައީ 2018 ވަނަ އަހަރުއެވެ. ޑެލޮޓް ގެނައި 19 މިލިއަން ޕައުންޑަށެވެ. ޑެލޮޓް ގެނައީ، މޮރީނިއޯ ޔުނައިޓެޑުގައި ހުރިއިރުއެވެ.