ads
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
ބަލިމީހަކަށް ދިން އެހީ އާންމު ކުރި މައްސަލައިގައި އެންސްޕާއިން މާފަށް އެދިއްޖެ
ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ބަލި މީހަކަށް އެންސްޕާ އިން އެހީ ހަމަޖައްސައިނުދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަ ދޮގުކޮށް ނެރުނު ބަޔާނުގައި ބަލިމީހާގެ މައުލޫމާތުތަކެއް ހިމެނުމުން އެކަމަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މާފަށް އެދިއްޖެ އެވެ.
Advertisement

އެންސްޕާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އެޖެންސީން ބަލި މީހަކަށް އެހީ ނުދިން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފަތުރާ އެ އެޖެންސީ ބަދުނާމުވާ ގޮތަށް ފެތުރުނު ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނުގައި ބަލި މީހާއަށް ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައިވާތީ މައާފަށް އެދޭ ކަމަށެވެ.

"މި ބަޔާނުގައި ބަލި މީހާގެ އެއްވެސް އައިޑެންޓިޓީއެއް ބަޔާން ކޮށްފައި ނެތް ނަމަވެސް، އެ ބަޔާނުގައި ބަލި މީހާއަށް މި އެޖެންސީން ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައި ވާތީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވުމާއެކު، އެފަދަ މައުލޫމާތެއް ހިމެނިފައިވާތީ އެކަމަށް މި އެޖެންސީން މައާފަށް އެދެން،" އެންސްޕާއިން ބުންޏެވެ.

ސޯޝަލް މީޑިއާ ޕޯސްޓާ ގުޅޭ ގޮތުން މީގެ ކުރިން އެންސްޕާއިން ބުނެފައި ވަނީ އެއީ ހަގީގަތަކާ ހިލާފު ވާހަކަތަކެއް ކަމަށާއި، އެ ޕޯސްޓާ ގުޅިގެން އެ އޭޖެންސީގެ މުވައްޒަފުން ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

އެހެންކަމުން، އެ ޕޯސްޓު ކުރި މީހާއާ ބައްދަލުކޮށް ހަމަޖައްސައިދިން އެހީތައް އޭނާގެ ހާޒިރުގައި އެންސްޕާގެ ސިސްޓަމްތަކުން ބެލުމުން، އެ އެހީތައް އެކައުންޓަށް ޖަމާވެފައިވާކަމަށް އެ ފަރާތުން އެއްބަސްވި ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އެކްސްގައި ދައުރުކުރި މައުލޫމާތަކީ ސައްހަ މައުލޫމާތު ނޫން ކަމަށް އޭނާ އިއުތިރާފުވެފައި ވާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ކަން ހިނގައިދިޔަ ގޮތް ވަރަށް ތަފްސީލްކޮށް ލިޔެ، އެންސްޕާއިން ބަޔާނެއް ނެރުނީ ރޭގަ އެވެ. މިއަދު ސޯޝަލް މީޑިއާގައި އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް