މި ބިލަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ހަ މަސް ދުވަސް ފަހުންނެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ދައުލަތުން ދަރަނި ނަގާއިރު ގައުމުގެ އިގުތިސާދަށާއި، ކުރިއަށް އޮތް ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރުމަށްފަހު ދަރަނި ނެގުމެވެ. އަދި ގައުމުގެ އިގުތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ މާލީ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމެވެ.
މި ގާނޫނުގައި ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވައިލުމާއި، އެ ސްޓްރެޓަޖީ ތަންފީޒުކުރުމުގެ އުސޫލުތައް ވަނީ ކަނޑައަޅައިފަ އެވެ. އަދި ދައުލަތުން ދަރަނީގެ ގޮތުގައި ނެގޭނެ އިންސްޓްރޫމަންޓްތައްވެސް މި ގާނޫނުގައި ހިމަނައިފައިވެ އެވެ.