ކުޑަ ދެކުދިން ތިބި ކޮޓަރީގައި ރޯވެ ފުވައްމުލަކު ގެއެއް އަނދާ ހުލިވެއްޖެ
މުހައްމަދު އާދަމް އަހްމަދު
04 ޑިސެމްބަރ 2024 - 06:51:02
ފުވައްމުލަކު ގެއެއްގައި ރޯވެ އަނދާ ހުލިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެ އެނދީ އެރަށު "ޝިވާ" ގެކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެގޭގައި ރޯވި އަލިފާންގަޏޑު ކޮންޓްރޯލްކޮށް ނިންވާ ލެވުނީ ބައިގަޑިއިރު ފަހުންކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކު ބެޑެއްގެ މަތީގައި އަޅާފައި އޮތް ގޮނދަޑިއެއްގައިކަމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ބުނެއެވެ. އަދި ހާދިސާ ހިނގި ވަގުތު އެ ކޮޓަރީ ތެރޭ ކުޑަ ދެ ކުދީން ތިބި ނަމަވެސް، އަލިފާނުގެ ސަބަބުން އެއްވެސް އަނިޔާއެއް ނުލިބި އެކުދީން ސަލާމަތްކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހަތް މީހުން ދިރިއުޅޭ މި ގެ މި ހާދިސާގައި އެއްކޮށްް އަނދައިގެން ގޮސްފައިވާކަމަށް އެ ސިޓީ މީހުން ބުނެއެވެ.
14%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް