
ޖަރުމަން ކަޕުގައި އެންމެ ފަހުގެ ޗެމްޕިއަން ބެޔާ ލެވަކޫސަން އަތުން ބަޔާން މިއުނިކް ރޭ ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. މި މެޗުގެ ގިނަ ވަގުތު ބެޔާން މިއުނިކް އިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ ވަރަށް ކުރީކޮޅު ބެޔާން މިއުނިކްގެ ކީޕަރު މެނުއަލް ނޯޔާ، އޭރިޔާ ބޭރުން ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮންގްއަށް ފައުލް ކުރުމާއި ގުޅިގެން ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. މިއީ ބަޔާން މިއުނިކުގެ ގޯލްކީޕަރު މެނުއަލް ނޯޔާ އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ދެއްކި ރަތްކާޑެވެ.
މެޗުގެ 69 ވަނަ މިނިޓުގައި ލެވަކޫސަން އަށް ކާމިޔާބު ކޮށްދީފައިވަނީ ކުރިން ޕްރިމިއާ ލީގުގެ ބާންލީ އާއި ސައުތެމްޓަން އަށް ކުޅުނު ނަތަން ޓެލާ އެވެ.
އަނިޔާގެ ސަބަބުން ބެޔާން މިއުނިކްގެ ފޯވަޑް ހެރީ ކޭން ނުލާ އެ ޓީމުން ކުޅުނު އިރު މި މުބާރާތް 20 ފަހަރު މަތިން ކާމިޔާބު ކޮށްފައިވާ ބެޔާން މިއުނިކް އަށް 2020 ވަނަ އަހަރުގެ ފަހުން އަދި މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.