އިންޝާ އަކީ ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ، މިހާރު މާސްޓާސް ޑިގްރީ ހާސިލްކުރަމުންދާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި އެންއައިސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
އިންޝާގެ ނަން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެއީ އެންއައިސީގެ މެންބަރު އަހުމަދު ޖިހާދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އެންއައިސީ އަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކުރާ މުއައްސަސާ އެވެ. މިހާރު އެ ކޮމިޝަނުގައި ތިބީ ހަތަރު މެންބަރުންނެވެ.