ads
ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް
ފަންނިއްޔާތުގެ ހުނަރުތައް ޒުވާނުން ދަސްކުރަން ޖެހޭ: ނައިބު ރައީސް
މިއަދު ހަނގުރާމަތައްކޮށް ގައުމުތައް ސުންނާފަތި ކުރުމުގައި ބޭނުން ހިފަނީ ހައިބްރިޑް ހަތިޔާރާއި އޭގެ އުކުޅުތައް ނުވަތަ ކައްޗަރީ ވިސްނުމާއި އޭގެ ހުނަރުތައް ކަމުގައި ވީ ހިނދު، މިއަދު އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހިފައި ވަނީ މިފަދަ ނުރައްކާތަކުން ދަފަރާވުމުގެ މައްޗަށް ކަމަށާއި، މި ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރުމަށް އަދުގެ ޒުވާނުންނަށް، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ޒުވާނުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
Advertisement

މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މި ޒަމާނަށް އަޅުގަނޑުމެން ހޭލަންވާނީ ވަރުގަދަ އަޒުމަކާއި، ހިތްވަރާއެކު، ކަމުގެ އިލްމާއި ހުނަރާއި ފަންނުތައް ދަސްކޮށް، އެ ކަންކަމަށް ހޭލުންތެރިވެގެން ކަމަށާއި، 21 ވަނަ ގަރުނުގެ ތަހުޒީބާއި ތަމައްދުންގެ އުކުޅުތަކާއި ގޮތްތައް ދަސްކުރުމަށް، އަދުގެ ކޮންމެ ބޭފުޅަކަށްވެސް އިލްތިމާސްކުރައްވާ ކަމަށެވެ.

ކައްޗަރީ ހަނގުރާމައިގެ ނުފޫޒުތައް ފެތުރުން ވަނީ ގައުމެއްގެ އިޖުތިމާޢީ ބިނާރަށް ތާއަބަދަށް ދެވޭ ގެއްލުމަކަށް ކަމުގައި ސިފަކުރައްވަމުން، ނައިބު ރައީސް އިތުރަށް ވިދާޅުވީ، ނަތީޖާއެއްގެ ގޮތުން، އިޖުތިމާޢީ އެއްބައިވަންތަކަމާއި އިގްތިސާދީ ހަމަޖެހުމަށް ގެއްލުންވެ، އެތައް ޒަމާނަކަށް ދޮގު މައުލޫމާތު ފެތުރިގެންދާކަމަށެވެ. އަދި މިފަދަ ތޫނު ހަންޖަރުތަކުން ދެވޭ ޒަހަމްތަކަކީ ގައުމު ބައިބައިވެ، ގައުމީވަންތަކަން ބަލިކަށިވެ، ރައްޔިތުންގެ މެދުގައި ޤައުމީ މަސްލަހަތާ މެދު އޮންނަ އިތުބާރު ފުނޑުފުނޑުވެ، ދާއިމަށް ދެމިގެން ހިނގައިދާނެ ފަދަ ބިރުވެރި ކަމަކަށް ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އަދުގެ ޒުވާން ޖީލަކީ މާދަމާއަށް ނަމޫނާ ޖީލަކަށް ވާންޖެހޭ ބައެއް ކަމަށާއި، އެ ނަމޫނާ ދެއްކޭނީ ދޮންބަންޑާރައިން ފަދަ އިއްޔެގެ މާޒީގެ ބަތަލުންނަށް އަދާކުރާން ޖެހޭ ޝުކުރު، ހަގީގީ މާނައިގައި އަދާކޮށްގެން ކަމުގައި ވީ ހިނދު، ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކުގައި ޢަމަލާއި ބަހުން ޝާމިލްވެ، ގައުމީތަރައްގީއަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.

އަދުގެ ސަރުކާރުން ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުން ފެށިގެން އާންމު މަސްލަހަތުތައް ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަމަށާއި، ފަންނިއްޔާތުގެ ދާއިރާއަށް އަންނަމުންދާ ހަލުވި ތަރައްގީއާއި، މަސްނޫއީ ވިސްނުން ފުޅާވާމުން އަންނަ އައުމާއެކު ސައިބަރ ސަލާމަތީ ފިޔަވަޅުތައްވެސް ކަމާބެހޭ ފަރާތްތަކުގެ ފަންނީ އެހީއާއެކު ހަރުދަނާކުރައްވަމުން ގެންދަވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ހައިބްރިޑް ހަނގުރާމައިން ދަފަރާވާން އަޅުގަނޑުމެންނަށް ކުރާންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށާއި، ސައިބަރ ރައްކާތެރިކަމުގެ ތަމްރީނުތައްދީ، ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދީ، އެކި ގޮތްގޮތުން ފެތުރޭ ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތް ކުރުމަށް މަޖުބޫރުވެފައި ވާ ކަމަށް" ނައިބު ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާއެކު ގައުމީ މަސްލަހަތަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކާއި، ގައުމީ މަސްލަހަތުވެރީންނާ، އެކުވެރި ގުޅުންތަކާއެކު އުހުއްވަތްތެރިކަމުގެ ވިޔުގައެއް ގާއިމުކުރެވެމުންދާ ކަމަށާއި، ދިވެހި އަސްކަރީ ބާރުވެރިކަމާއި، ދިވެހި ރައްޔިތުންނަށް ދެމުންދާ ސަލާމަތީ ޚިދުމަތުގެ ދަންމަރު އެމަނިކުފާނު ގެންދަވަނީ ދުވަހެއް ދުވަހަކަށް ވަރުގަދަކުރައްވަމުންކަންވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ދިވެހިރާއްޖޭގެ ތަރައްގީއާއި ތަހުޒީބު، އަދި އިޖުތިމާޢީ ރައްކާތެރިކަމާއި، މުޖުތަމައުގެ ދުޅަހެޔޮކަމަށްޓަކައި ރައީސް ގެންދަވަނީ ގިނަގުނަ މަސައްކަތްޕުޅުތައް ކުރައްވަމުންކަން ފާހަގަކުރައްވާ، ނައިބު ރައީސް ވަނީ، ދިވެހި ގައުމު އާރާސްތުކުރައްވައި ދިވެހި ގައުމުގެ ހައިބަތާއި އިއްޒަތް ދުނިޔެއަށް ހާމަކުރެއްވުމުގައި ރައީސް ކުރައްވަމުން ގެންދަވާ އަގުހުރި، ހިކުމަތްތެރި މަސައްކަތްޕުޅުތަކަށް އިހުތިރާމާއެކު ޝުކުރު ދަންނަވާފަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ދިވެހި ގައުމަށް ޓަކައި ގުރުބާންވެވަޑައިގެންނެވި ގައުމީ ބަތަލުންނަށް ހެޔޮ ރަހުމަތްލެއްވުމަށާއި، ދިވެހިގައުމަށް ނަސްރާއި ފަތަހަ އަބަދުމެ މިންވަރުކުރެއްވުމަށް އެދި، މާތް ﷲގެ ހަސްރަތުގައި ދުއާ ދަންނަވަމުންނެވެ.

ހުރަވީ ދުވަސް ފާހަގަ ކުރަމުން ދަނީ ހިޖުރީގޮތުން 1166 ގެ ސަފަރު މަހުގެ 13 ވަނަ ދުވަހު ހޮޅީންގެ ލަޝްކަރެއް ރާއްޖެ އަރައި ތަހުތުގައި އިންނެވި ރަދުން ހައްޔަރުކޮށް، އެ މީހުންގެ ބާރުގެ ދަށަށް ރާއްޖެ ގެންދިޔަ ފަހުން އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވި ދުވަހުގެ ގޮތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް