ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ދަތުރަކީ ތައިލެންޑުގެ އެޑްވާންސްޑް އިންޓަނޭޝަނަލް ޓްރެއިނިން ނެޓްވޯކް (އޭޓީޓީއެން) އާ ގުޅިގެން ހިންގި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކުރި ދަތުރެއް ކަމަށެވެ. އަދި އޮޑިޓް އޮފީހުން އެ ދަތުރާ ގުޅޭ ގޮތުން ނެރުނު ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ ދަތުރުގެ ޔައުމިއްޔާ އާއި އެހެނިހެން ލިޔެކިޔުންތަކަށް ބެލުމެއް ނެތި ހިމަނާފައިވާ މައުލޫމާތުތަކެއް ކަމަށެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި އެ ދަތުރުގައި ބައިވެރިވި ހދ. އަތޮޅުގެ 12 ރަށުގެ ކައުންސިލްތަކުގެ ރައީސުންގެ ބަހެއް ނެތި، އެ ތަމްރީން ދަތުރަކީ މަންފާއެއް ނެތް ދަތުރެއްގެ ގޮތުގައި މުޖުތަމައުއަށް ސިފަކޮށްދިނުމަށް މަސައްކަތްކުރުމަކީ ނާތަހުޒީބު ކަމެކެވެ.