ބީއެމްއެލް އާއި އެމެކްސްގެ އެކްސްކްލޫސިވް ޕާޓްނަޝިޕަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، 2004 އިން ފެށިގެން އެމެކްސްއާ އެކު އޮތް ގުޅުމަކީ ހަމައެކަނި ކާޑު ޕާޓްނަޝިޕެއް ނޫން ކަމަށެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް ފުރަތަމަ ކްރެޑިޓު ކާޑު ތައާރަފުކުރުމުގައި އެމެކްސްގެ އެހީތެރިކަން ވަރަށް ބޮޑެވެ. މިހާރު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރާ އަދި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ދެ ވިޔަފާރި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ޑިޖިޓަލް ބަދަލުތައް ގެނައުމަށް މަސައްކަތްކުރުމާއެކު، ދިވެހިރާއްޖޭގެ އާ ޖީލުތަކުން ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
- ބީއެމްއެލްއިން ތިން ލައްކައަށް ވުރެ ގިނަ ކަސްޓަމަރުންނަށް ކާޑު ހިދުމަތް ދޭ
- 8،000 އަށް ވުރެ ގިނަ މާޗަންޓުން ބޭންކުގެ ނެޓްވާކުގައި ހިމެނޭ
- ދެ ވިޔަފާރި ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަން ރާވާފައިވޭ