ads
ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް، އިޓަލީގެ ޓޫރިޒަމް މިނިސްޓަރު ޑެނިއެލާ ސަންޓަންކޭއާ އެކު -- ފޮޓޯ/ މިނިސްޓްރީ
ބޭރުގެ އިންވެސްޓަރުންނަށް ލައިސަންސް ދޫކުރަން ފަށައިފި
ބޭރުގެ އިންވެސްޓަރުންނަށް ލައިސަންސް ދޫކުރަން އިކޮނޮމިކް މިނިސްޓްރީން މިއަދު ފަށައިފި އެވެ.
Advertisement

އިކޮނޮމިކް މިނިސްޓްރީން ބުނީ އާ ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި އިންވެސްޓް ކުރެވޭނީ އެ މިނިސްޓްރީން ދޫކުރާ ލައިސަންސް ލިބިގެން ކަމަށެވެ.

އިންވެސްޓްމަންޓް ލައިސަންސް ހޯދުމަށް ފަސް މަރުހަލާއެއް ކަނޑައަޅާފައިވާ ކަމަށާއި އެއީ އިންވެސްޓް ކުރަން އެދި ހުށަހެޅުމާއި، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ދޫކުރުމާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމާއި، ލައިސަންސް ދޫކުރުމާއި އަދި އެއްބަސްވުމުގައި ސޮއިކުރުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ގާނޫނަކީ 45 އަހަރު ފަހުން އަލުން އެކުލަވާލި ގާނޫނެކެވެ. މި ގާނޫނުގެ ސަބަބުން އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު އިތުރުވެ، ބޭންކްތަކުންނާއި މާލީ އިދާރާތަކުން ފައިސާގެ އެހީ ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް