ނޭޕާލުގެ ކަތުމަންޑޫގައި މި މަހުގެ 7-14 އަށް ކުރިއަށްދާ ކާވާ މެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ހަތަރު ގައުމަކުން ފަސް ޓީމެއް ވާދަކުރާނެ އެވެ. އެއީ ނޭޕާލުން ދެ ޓީމާ ރާއްޖެ އާއި އިންޑިއާ އަދި އިރާނުން ޓީމެކެވެ.
މި މުބާރާތުގައި ނޭޕާލް ތަމްސީލުކުރާނެ ދެ ޓީމަކީ، ގަންޑަކީ ޕްރޮވިންވްސް އާއި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް އެވެ. ރާއްޖޭން ކްލަބް އެޗްޑީސީ ކުޅޭއިރު، އިންޑިއާ އިން ވާދަކުރަނީ، ކަލިކަޓް ހީރޯސް އެވެ. އަދި އިރާނުން ފެނިގެންދާނީ، ޗަދޯރުމަލޫ އެވެ.
ކާވާ އިން ބޭއްވި އަންހެން ކްލަބް ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ މާލޭގަ އެވެ. އެ މުބާރާތުގައި ރާއްޖޭގެ ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބް އިން ކުޅުނުއިރު ތަށި ހޯދީ ނޭޕާލް ޕޮލިސް ކްލަބް އެވެ.