މިއަދުގެ  އިރުއޮއްސުނު  ވަގުތު  އާޓިފިޝަލް  ބީޗު  ސަރަހައްދުގައި މާރާމާރީ  ހިންގާ  އާއްމު  މަސްލަހަތު  ނަގާލުމުގައި  ބައިވެރިވެފައިވާ  ބިދޭސީން ހޯދާ ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
                            
                            
                            
                               
                               
Advertisement
 
                             ކޮންޓްރޯލާ ޝައްމާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ބިދޭސީން ހިންގި މާރާމާރީގެ މައްސަލަ  ޓާސްކް  ފޯހުން  މިހާރު  ބަލަމުންދާކަމަށެވެ. އަދި އެކަން ކުރި ބަޔަކު ހޯދާ ފިޔަވަޅު އަޅާނެކަމަށް ޝައްމާން ވިދާޅުވިއެވެ. 
" މިކަމުގަ ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން އަރުވަން." ޝައްމާން އެކްސްގައި ކުރި ޕޯސްޓްގައިވެއެވެ.
މިއަދު ހަވީރު އާޓިފިޝަލް  ބީޗު މާރާމާރީ ހިންގީ އިންޑިއާ ބައެކެވެ. މި މީހުންގެ  މާރާމާރީ ހިންގި ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.