އަންހެނެއްގެ މަރާ ގުޅިގެން "ޕުޝްޕާ 2" ގެ ޓީމު ހޫނުފެނަށް
އައިޝަތު ނޫރާ
07 ޑިސެމްބަރ 2024 - 09:16:37
އިންޑިއާގެ މަޝްހޫރު ފިލްމު "ޕުޝްޕާ 2: ދަ ރޫލް" ގެ ސްކްރީނިންގ އަކަށް ހައިދަރަބާދުގެ ސަންދިޔާ ތިއޭޓަރަށް އެއްވި ގިނަ ބަޔަކު ތޮއްޖެހުމުގެ ސަބަބުން ހިނގި ހާދިސާއަކާ ގުޅިގެން އެކްޓަރު އައްލު އަޖުންގެ މައްޗަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ޗިކަޑަޕަލީ ފުލުސް ސްޓޭޝަނުގައި މި މައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ އައްލު އަޖުންގެ އިތުރުން ޕުޝްޕާ 2 ގެ ޔުނިޓާއި، ސަންދިޔާ ތިއޭޓަރުގެ ވެރިފަރާތާއި، އައްލު އަޖުންގެ ސެކިއުރިޓީ ޓީމުގެ މައްޗަށެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ބީއެންއެސް އެކްޓުގެ ދަށުންނެވެ.
ރޭގަނޑު 10:30 އާ ދިމާއަށް ހިނގި މި ހާދިސާގައި އާއިލާއާ އެކު ސްކްރީނިން އަށް ދިޔަ އަންހެނަކު މަރުވެފައިވާ އިރު، އޭނާގެ ދަރިއަކު މިވަގުތު ވަނީ ހޮސްޕިޓަލުގައި ސީރިއަސް ހާލަތެއްގައެވެ.
މި ހާދިސާއާ ގުޅިގެން އައްލު އަޖުން ވަނީ މާފަށް އެދި، މަރުވި އަންހެން މީހާގެ އާއިލާއަށް އެހީތެރިވެދޭނެ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ މި ހާދިސާއިން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި، އާއިލާއާ އަމިއްލައަށް ބައްދަލުކޮށް، ކުރެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް