ads
އިސްލާމިކް މިނިސްޓްރީން ވަނީ ހުކުރު ހުތުބާ ބަންގާޅު ބަހުން އާންމުކުރަން ފަށާފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ
2024 ވަނަ އަހަރު ރާއްޖޭގައި އިސްލާމީ ކަންތައްތަކަށް ދިރުމެއް، ގެނައި: މިނިސްޓަރު
މި ނިމޭ 2024 ވަނަ އަހަރަކީ ދިވެހިރާއްޖޭގައި އިސްލާމް ދީނާއި ގުޅުން ހުރި ކަންކަމަށް ވަރަށް ބޮޑު ދިރުމެއް އައި އަހަރެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

"އެމްއެމް ޓީވީ"  މެދުވެރިކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ މި އަހަރަކީ އިސްލާމީ ކަންތައްތަކަށް އާ ދިރުމެއް ލިބިގެންދާނެ އަހަރެއް ކަމަށެވެ. އެގޮތުން މިހާރު ވެސް ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައި ކަމަށް އެ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި މިހާރު ވެސް ޒަކާތު ހައުސްގެ މަސައްކަތްތައް ވަނީ ފެށިފައެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ 17 ޕަސެންޓު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިސްކިތްތައް މަރާމާތު ކުރުމާއި، މިސްކިތްތަކާ ގުޅޭ ކަންކަމުގައި ސަރުކާރަށް އިޝްތިހާރީ ލަފާ ދޭނެ ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެ މިނިސްޓަރު ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ފަގީރުން ހައްޖަށް ފޮނުވުމުގެ މަސައްކަތް ވެސް މިއަހަރު ފަށާފައިވާ ކަމަށް އެ މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް