މިކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ބައްދަލުވުމެއްގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އުސްގެކޮޅު މަރާމާތުކޮށް ރީތިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ދިވެހިބަހާއި ގައުމިއްޔަތު މިނިސްޓްރީއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރަސްކަމުގެ ގަނޑުވަރުގެ ބައެއް ކަމަށްވާ އުސްގެކޮޅަކީ މިހާރު މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނެކެވެ. ނަމަވެސް އެތަނުގެ އާސާރީ ސިފަތައް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެންމެ އެކަށީގެންވަނީ ދިވެހިބަހާއި ގައުމިއްޔަތު މިނިސްޓްރީން ކަމަށް ވާތީ، އެ މަސައްކަތް އެ މިނިސްޓްރީއާ ހަވާލުކުރުމަށް ވަނީ އެއްބަސްވެފަ އެވެ.