ޖުމްލަ 7 ޓީމު ވާދަ ކުރާ މި ކެއްކުމުގެ މުބާރާތުގައި ކޮންމެ ޓިމެއްވެސް 2 ވައްތަރުގެ ކާނާއެއް ތައްޔާރުކުރަން ޖެހެއެވެ. އެގޮތުން ކޮންމެ ޓިމަކަށްވެސް ތައްޔާރުކުރަން ހަވާލުކޮށްފައިވަނީ މުށިމަހުގައި ހަދާ "އެންޓްރީ" އަކާއި ފާނާގައި ހަދާ މެއިން ކޯސް ޑިޝްއެއް ކަަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ރަހަވަރު ޗެލެންޖް ގައި ހުރިހާ ޓީމެއްވެސް 2 ގަޑިރު ތެރޭ މިތަކެތި ތައްޔާރުކޮށް ނިންމާލަން ޖެހެއެވެ.
ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 13 ޑިސެމްބަރެވެ. މިއަހަރުވެސް މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ޝާމިލްވާގޮތަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ރާވާފައެވެ. މިގޮތުން، މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވަން ހަމަޖެހިފައިވަނީ މާލޭގައެވެ.