އަވައްޓެރި ކުޑަހުވަދޫ ކަޓުވާލައި މީދޫ ދެވަނަ ބުރަށް
ސްޕޯޓްސް ޓީމް
07 ޑިސެމްބަރ 2024 - 19:17:30
ގޯލްޑްކަޕްގައި، ދ. އަތޮޅުގެ ވެރިރަށް، އަދި ކުރިން ރާއްޖޭގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޑަހުވަދޫ ކަޓުވާލައި އެ އަތޮޅު މީދުން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ގޯލްޑް ކަޕްގެ ގުރޫޕް އޭ ގައި ދ. ކުޑަހުވަދޫގެ މައްޗަށް މީދޫން މިއަދު ކާމިޔާބު ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ. މިއަދު ހަވީރުގެ މެޗުން މީދޫ މޮޅުވުމުން، ހއ. ދިއްދޫ ވެސް ވަނީ ދެވަނަ ބުރުން ކޮލިފައިވެ، ދެވަނަ ބުރުގެ ހުރިހާ ޖާގަތަކެއް ފައިނަލްވީއެވެ.
މީދޫ މޮޅުވުމުން، ދިއްދުއަށް ވެސް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވީ، ކުޑަހުވަދުއަށް ތިން ޕޮއިންޓާ އެކު މުބާރާތް ނިންމާލަން ޖެހުމުންނެވެ.
މިރޭ ދިއްދޫ ނުކުންނާނީ ގދ. ފަރެސްމާތޮޑާއާ ދެކޮޅަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް