މަރުކަޒީ ބޭންކުގެ ބޯޑުން ވަކިކުރީ މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ޝަހުދީ އަންވަރާއި ނޮވެލްޓީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަސްއަދު އަލީ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޕްރައިވެޓް ސެކްޓަރުގެ ފަރާތުން އެމްއެމްއޭގެ ބޯޑަށް އައްޔަން ކޮށްފައިވާ އެ ދެ ބޭފުޅުން ވަކިކުރީ އެ ބޯޑުގެ ބައްދަލުވުމުގައި މެމްބަރުންގެ ވޯޓުންކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ.
އައްސަދަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެވެ. ޝަހުދީ އަންވަރަކީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަންއެވެ. މި ދެ ބޭފުޅުން ވަކިކުރި ސަބަބެއް އެމްއެމްއޭއިން ހާމައެއް ނުކުރައްވަ އެވެ.
އެމްއެމްއޭގެ ބޯޑުގައި ތިއްބަވަނީ ހަ މެންބަރުންނެވެ. އެއީ ޤަވަރުނަރާއި، ޑެޕިއުޓީ ގަވަރުނަރާއި، އެމްއެމްއޭ ތަމްސީލްކުރައްވާ ބޭފުޅަކާއި، ފިނޭންސް މިނިސްޓްރީގެ ބޭފުޅެއްގެ އިތުރުން ޕްރއިވެޓް ސެކްޓަރއިން ކަނޑައަޅާ 2 ބޭފުޅެކެވެ.