ކާވާ މުބާރާތުގައި އެޗްޑީސީން މިއަދު މޮޅުވީ، ނޭޕާލުގެ ގަންޑާކީ ވޮލީބޯލް ކުލަބު އަތުންނެވެ. މި މެޗު އެޗްޑީސީ އިން ކާމިޔާބުކުރީ ފަހަތުން އަރާ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓެ ކާމިޔާބުކުރީ ނޭޕާލުގެ ގަންޑާކީ އިންނެވެ. އެއީ 25-18 އަދި 25-23 އިންނެވެ. އެކަމަކު ޖެހިގެން އައި ތިން ސެޓުގައި އެޗްޑީސީން ވަނީ ތަފާތު ދައްކާފަ އެވެ. މި ސެޓުތައް އެޗްޑީސީ އިން ގެންދިޔައީ 25-23, 30-28 އަދި 15-13 އިންނެވެ.
އެޗްޑީސީން މާދަމާ ކުޅޭ މެޗުގައި އިރާނުގެ ޗަދޯރުމަލޫއާ ބައްދަލުކުރާނެ އެވެ.
މި މުބާރާތުގައި އަމިއްލަ ގައުމުގައި ނޭޕާލް ތަމްސީލުކުރާނެ ދެ ޓީމަކީ، ގަންޑަކީ ޕްރޮވިންވްސް އާއި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް އެވެ. ރާއްޖޭން ކްލަބް އެޗްޑީސީ ކުޅޭއިރު، އިންޑިއާ އިން ވާދަކުރަނީ، ކަލިކަޓް ހީރޯސް އެވެ. އަދި އިރާނުން ފެނިގެންދާނީ، ޗަދޯރުމަލޫ އެވެ.