ފޮރެސްޓް އަތުން ރޭ ޔުނައިޓެޑު ބަލިވީ ތިން ލަނޑު ދެ ލަނޑުންނެވެ. މިއީ، ގާތްގަނޑަކަށް 30 އަހަރު ތެރޭ ޔުނައިޓެޑް ދަނޑުގައި އެ ޓީމު އަތުން ފޮރެސްޓް މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، 1992 ވަނަ އަހަރަށް ފަހު، ފޮރެސްޓުން މި ވަނީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗުން ޔުނައިޓެޑް ބަލިކޮށްފަ އެވެ.
ރޭ ފޮރެސްޓަށް ލީޑުނަގައިދިނީ، ނިކޮލަ މިލެންކޮވިޗް ބޮލުން ޖެހި ގޯލުންނެވެ. ޔުނައިޓެޑުން އެކަމަކު ވަނީ ރަސްމުސް ހޮއިލުންޑްގެ ލަނޑަކުން އެއްވަރުކޮށްފައެވެ. ދެވަނަ ފަހަރަށް ފޮރެސްޓުން ލީޑު ނަގައިދިނީ މޯގަން ގިބްސް-ވައިޓްދެ ލަނޑުންނެވެ. ފޮރެސްޓްގެ ތިންވަނަ ލަނޑު ޖެހީ، ކްރިސް ވުޑްއެވެ. ޔުނައިޓެޑަށް ފަރަގު ކުޑަކޮށްދިނީ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އެވެ.
ޔުނައިޓެޑް ލީގުގެ 13 ވަނައިގައި އޮތީ، 15 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. މިއީ އާ ކޯޗާއެކު ޔުނައިޓެޑުން ވިދިވިދިގެން ބަލިވި ދެވަނަ މެޗެވެ.