ޓޫރިޒަމް އޮކިއުޕަންސީ ރޭޓު މަތިވެއްޖެ
ގުފްތަގް އަޖީރު
08 ޑިސެމްބަރ 2024 - 13:20:25
މި އަހަރުގެ އޮކިއުޕެންސީ ރޭޓު ވަނީ ކުރިއަރާފަ އެވެ. މިދިޔަ އަހަރު 57 ޕަސަންޓުގައި ހުރި އޮކިއުޕެންސީ މި އަހަރު ވަނީ 59 ޕަސަންޓަށް އަރައިފިއެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ޖެނުއަރީ މަހު އެވެ. އެ މަހު 589 މިލިއަން ޑޮލަރު ލިބުނު އިރު، އެންމެ ދަށް އަދަދެއް ރެކޯޑުކުރެވުނީ މެއި މަހު އެވެ. އެ މަހު ލިބުނީ 213 މިލިއަން ޑޮލަރެވެ.
އާމްދަނީ ދަށްވި ނަމަވެސް، މި އަހަރުގެ މިހާތަނަށް 1.8 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ނުވަ ޕަސަންޓުގެ ކުރިއެރުމެކެވެ.
- އޮކިއުޕެންސީ ރޭޓު 59 ޕަސަންޓަށް އަރާފައިވޭ
- އެންމެ ގިނަ އާމްދަނީ ލިބުނީ ޖެނުއަރީ މަހު (589 މިލިއަން ޑޮލަރު)
- އެންމެ މަދު އާމްދަނީ ލިބުނީ މެއި މަހު (213 މިލިއަން ޑޮލަރު)
- 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވޭ
- ޓޫރިސްޓުންގެ އަދަދު 9 ޕަސަންޓު އިތުރުވެފައިވޭ
21%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
64%
ވަރަށް ސަލާމް
ކޮމެންޓްސް