ads
ޒުވާނުން ޕިލިހާއި ސިފައިންގެ އަށް ވެއްދުމުގެ މަޝްވަރާތަކުގެ ތެރެއިން
ނަތީޖާ ދަށް ދަރިވަރުން ފުލުހުންނާއި ސިފައިންގެ އަށް ވަދަން މަޝްވަރާތައް ފަށައިފި
ސްކޫލްތައް ނިންމާ ދަރިވަރުންގެ ތެރެއިން ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވަންދަން އެކަމުގެ މަޝްވަރާތައް ފަށައިފިއެވެ.
Advertisement

ސްކޫލްތައް ނިންމާ ދަރިވަރުންގެ ތެރެއިން ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަން މަޖުބޫރުވާ ނޭޝަނަލް ސާވިސް ޕްރޮގްރާމެއް އަންނަ އަހަރު ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނީ ރައީސް އިއުލާންކުރެއްވި ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ބޭނުންވާ ޤައުމީ ހިދުމަތުގެ ބިލު އެކުލަވާލުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު މަޝްވަރާތައް ފަށާފައިވާކަމަށެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސް ފަރާތްތަކާއި އެކު މަޝްވަރާތައް ފަށާފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ. 

ރަނގަޅު ނަތީޖާ ނުލިބޭ އަދި ވަޒީފާ ނުލިބޭ ކުދިން 16 އަހަރުވުމުން ނޭޝަނަލް ސާވިސް ޕްރޮގްރާމެއް ބައިވެރިވާންޖެހޭނެކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.މި ޕްރިގްރާމް ގެންދަނީ ގާނޫނު ހަދާ އޭގެ ދަށުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ކުރިޔަށް މި އޮތް ހަތަރު އަހަރުގެ ތެރޭގައި 400 މީހުން ސިފައިންގެއަށް ވައްދާނެކަމަށާއި ފުލުހުންގެ ހިދުމަތާއި 1000 މީހުން ގުޅިގެންދާނެކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް