
ބެޑްމިންޓަންގެ ކަންކަން ރަނގަޅު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވީ، ދާދި ފަހުން ރާއްޖޭން ބޭރުގައި އޮތް ދެ މުބާރާތެއްގައި ރަން ވަނަތަކެއް ހޯދި ރިވައިވަލްގެ ކުޅުންތެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައެވެ. ރިވައިވަލްއަކީ އެންމެ ރަނގަޅަށް ހިނގަމުން އަންނަ ބެޑްމިންޓަން ކްލަބެވެ.
ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ މުބާރާތަކުން ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން، ހޯދީ ރަންވަނަތަކަށް ވަޒީރުވަނީ އެ ކުޅުންތެރިންނާ ބައްދަލު ކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. މި ބައްދަލުވުމުގައި ވަޒީރުވަނީ ބެޑްމިންޓަންގެ ކަންކަން ވަރަށް އަވަހަށް ހައްލުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ބެޑްމިންޓަންގެ ހިންގުމުގައި ސީރިއަސް މައްސަލަތަކެއް ދިމާވެ، ޝަރީއަތާ ހިސާބަށްވެސްވަނީ ގޮސްފައެވެ.
މި ފަހުން، ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ ރާއްޖެ އަށް އަށް މެޑަލް ހޯދައިފަ އެވެ. ޒެމްބިއާ މުބާރާތުން އަންހެން ޑަބަލްސް އިން ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ އިން ލޯ މެޑަލް އަދި އަންހެން ސިންގަލްސް އިން ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް އިން ނަބާގެ ރަން މެޑަލާއި ނަބީގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ހޯދި ލޯ މެޑަލް އެވެ.
މީގެ ތެރެއިން، ބޮޓްސްވާނާ މުބާރާތުގައި ހޯދި ސިންގަލްސް ރަން މެޑަލާއި ސިންގަލްސް ރިހި މެޑަލަކީ، ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފް ރުހުން ދީފައިވާ މި ލެވަލްގެ މުބާރާތަކުން ރާއްޖެ އަށް ލިބުނު ސިންގަލްސް އިވެންޓްގެ ފުރަތަމަ މެޑަލްތަކެވެ.