ads
ރައީސް ދެއްވީ ޑަބްލިއުޑީސީތައް އުވާ ނުލާނެ ކަމުގެ ޔަގީންކަން
ރައީސް ދެއްވީ ޑަބްލިއުޑީސީތައް އުވާ ނުލާނެ ކަމުގެ ޔަގީންކަން
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން އއ. އުކުޅަހަށް މިއަދު ވަޑައިގެން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރަކު ރައީސްއަށް ކުރިމަތި ކުރެއްވި ސުވާލެއްގެ ޖަވާބު ގައެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނެ ކަމަށާއި އެ ކޮމިޓީތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ކައުންސިލް އިދާރާ އާއި ސުކޫލުގެ ޖާގައިގެ ދަތިކަން ހިމެނެ އެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ކަމާގުޅޭ މުވައްސަސާތަކާއެކު ކުރައްވާ މަސައްކަތްތައް ކައުންސިލާއި ހިއްސާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އުކުޅަހުގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް