ads
ރައީސް މައުމޫން
އަސަދު ސީރިއާ ދޫކޮށް ދާން ޖެހުމުން ހިތާމަކުރަން: މައުމޫން
ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ގައުމު ދޫކޮށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން އެކަމާ ހިތާމަކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
Advertisement

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ލިޔުއްވާފައިވަނީ، އެމަނިކުފާނުގެ ރަހުމަތްތެރި އަސަދު ގައުމު ދޫކޮށް ފިލަން ޖެހުމުން ހިތާމުކުރައްވާ ކަމަށެވެ. 

އަދި ސީރިޔާގެ އަހުންނާއި އުހުތުންނަށް ސުލްހަމަސަލަސްކަމާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް، ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި މައުމޫން ލިޔުއްވާފައިވެ އެވެ.

"އަޅުގަނޑު އެދެނީ އެކުވެރި ސީރިއާގެ އުޚުއްވަތްތެރި ރައްޔިތުންނަށް ސުލްޙަ މަސަލަސްކަމާއި އުފާ ފާގަތިކަން،" މައުމޫން ވިދާޅުވި އެވެ.

އަސަދުގެ ވެރިކަން ފުރޮޅާލީ މާޗު 2011 ގައި ފެށި ދާހިލީ ހަނގުރާމަ ދަހަރަކަށްވުރެ ދިގު މުއްދަތަށް ދިގުލައިގެން ދިޔުމަށްފަހު އިދިކޮޅު ޖަމާއަތްތަކުން މުޅި ސީރިޔާގެ ކޮންޓްރޯލް ނެގުމާއެކު އެވެ.

ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން ރޭ ދިމިޝްގަށް ވަދެގަތުމާއެކު ބައްޝާރު، އާއިލާއާއެކު ފިއްލަވައިފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް ވަޑައިގަތީ ކޮން ގައުމަކަށް ކަމެއް އެއްވެސް ފަރާތަކުން މިހާތަނަށް ބުނެފައިނުވެ އެވެ.

ބައްޝާރު ވެރިކަމުގައި ހުންނަވާތާ 24 އަހަރު ވެފައި ވާއިރު މިއީ އޭނާގެ ވެރިކަމުގެ ނިމުމުގެ އިތުރުން ސީރިއާ ކޮންޓްރޯލްކުރަމުން ދިޔަ އަސަދު އާއިލާގެ ވެރިކަން ވެސް ނިމުމެވެ. ބައްޝާރު ވެރިކަމަށް ވަޑައިގަތީ 14 މާޗް 1971 އިން ފެށިގެން ވެރިކަމުގައި ހުންނެވި އޭނާ ބައްޕާފުޅު ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަވުމުންނެވެ.  

މިހާރު އުމުރުން 59 އަހަރުގެ ބައްޝާރުގެ ވެރިކަމަކީ ހުދުމުހުތާރު، އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި ސީރިއާގެ އާންމުންނާއި ބައިނަލްއަގުވާމީ މުޖުތަމައުންވެސް ދެކެ އެވެ. އެގޮތުން 13 އަހަރުވީ ދާހިލީ ހަނގުރާމާގައި އަސަދުގެ ސިފައިން ވަނީ އެ ގައުމުގެ އެތައް ހާސް އާންމުންނެއް މަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް