އިންގިލާބީ ބާރުތަކުން ބުނާ ގޮތުގައި އަސަދު ފުރާފައިވަނީ ދިމާސްކަސް އެއަރޕޯޓުން އިލްޔުޝިން އައިއެލް-76ޓީ މަތިންދާބޯޓެއްގައެވެ. ނަމަވެސް އެ މަތިންދާބޯޓު ވަނީ ރަޑާއިން ގެއްލިފަ ކަމަށް "ފްލައިޓް ރަޑާ 24" އިން ދައްކައެވެ.
އަސަދުގެ ސަރުކާރުގެ މީޑިއާތަކުން ކުރިން ބުނަމުން އައީ އޭނާ ދިމާސްކަސްގައި ހުރި ކަމަށެވެ. ނަމަވެސް އިންގިލާބީ ބާރުތަކުން ވެރިރަށް ކޮންޓްރޯލް ކުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.
އަސަދު ފުރި މަތިންދާބޯޓު ދިމާސްކަސްއިން ފުރިއިރު ދަތުރުކުރަމުން ދިޔައީ ސީރިއާގެ ކަނޑުކައިރި ސަރަހައްދަށް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެ މަތިންދާބޯޓަށް ވީގޮތެއް މިވަގުތު ސާފެއް ނޫނެވެ.