މި އަހަރުގެ ޖުލައި މަހު އަންބާނީ އާއިލާގެ ކައިވެންޏަކަށް އެ ދެމަފިރިން ވަކިވަކިން ހާޒިރުވުމާ ގުޅިގެން، އެ ދެމަފިރިން ވަރިވާން އުޅޭ ކަމަށް އަޑުފެތުރިގެން ދިޔަ އެވެ. އޭގެ ފަހުން އައިޝްވަރިޔާ ފެނިފައިވަނީ އޭނާގެ ދަރިފުޅު އާރަދިޔާ އާ އެކު އެކަންޏެވެ. އަދި އަބިޝެކް ވެސް އެކަނި އެކަނި އުޅެމުން ދިޔަ އެވެ.
އެހެން ނަމަވެސް މިފަހަރު އެ ދެމަފިރިން އެއްކޮށް ކައިވެންޏަކަށް ހާޒިރުވެ، ފޮޓޯ ނަގައި، އެހެން މެހެމާނުންނާ އެކު ވަގުތު ހޭދަކޮށްފައިވެ އެވެ. މި ކައިވެންޏަށް ރިތިކް ރޯޝަން އާއި ސަބާ އަޒާދް، ވިދިޔާ ބަލަން، ރަކޭޝް ރޯޝަން، ސަޗިން ޓެންޑުލްކާ އަދި ދަންރާޖް ޕިއްލައި ވެސް ހާޒިރުވި އެވެ.
އައިޝްވަރިޔާ އެންމެ ފަހުން ފެނުނީ މަނި ރަތްނަމްގެ "ޕޮނިއިން ސެލްވަން 2" ފިލްމުގައެވެ. އަދި އަބިޝެކްގެ އެންމެ ފަހު ފިލްމަކީ "އައި ވޮންޓް ޓު ޓޯކް" އެވެ.