އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-3 އިންނެވެ. މެޗުގައި އެތުލެޓިކޯ އިން ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށް، ސެވިއްޔާ އިން ފަހަތުން އަރައި ތިން ލަނޑު ޖަހައި އެތްލެޓިކޯ ޕްރެޝަރަށް ވައްޓާލިއެވެ. އެހެންނަމަވެސް، އެތްލެޓިކޯއިން ގޭމު ތެރެއަށް އަލުން ވަދެ، މެޗު އެއްވަރު ކުރިއެވެ.
މެޗުން އެތުލެޓިކޯ މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ގްރީޒްމަން ޖެހި ލަނޑުންނެވެ.
މޮޅާއެކު އެތުލެޓިކޯ ތިން ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 16 މެޗުން 35 ޕޮއިންޓާ އެކު އެވެ.