ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މީރާގެ ބޯޑަށް މެންބަރަކު އައްޔަނު ކުރަން ފޮނުވައިފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

މީރާގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންފުޅާއި އެ ބޭފުޅުންގެ މައުލޫމާތު އެ މަގާމުތަކަށް އައްޔަންކުރުމަށް އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފަ އެވެ. 

ބޯޑު މެންބަރު ކަމަށް ކުރިމަތިލާން ހުޅުވައިލުމުން އެމަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ފަސް މެންބަރުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. އެއީ؛

  • ދަހާ ޝުއައިބް، ހ ކެރީބިއަން
  • އަހްމަދު ފާއިޒް މުހައްމަދު، ލ މާވަށް، އަސްރަފީ ހިޔާ
  • އަބްދުﷲ އިމްރާން، ރ ހުޅުދުއްފާރު، މާލަމް
  • މަހްޒޫމް ސަލީމް، ކ ކާށިދޫ، ޝަބްނަމްގެ
  • އާމިނަތު އާފިޔާ، ރސ 13462

މި ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވަނީ އިގްތިސާދީ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް