އިންޝާ އެ މަގާމަށް އައްޔަންކުރަން ފާސްކުރީ އެކަމަށް ނެގި ވޯޓްގައި ބައިވެރިވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމަށް އިންޝާ، އައްޔަނުކުރުމަށް ނަން ފޮނުއްވީ، އެ ކޮމިޝަންގެ މެންބަރު އަހުމަދު ޖިހާދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އިންޝާ ވަނީ މީގެ ކުރިން އެ ކޮމިޝަންގެ ސީނިއާ އިންވެސްޓިގޭޓަރެއްގެ މަގާމުވެސް އަދާކޮށްފައެވެ.
އެންއައިސީގެ މެމްބަރުން :
ފަސް މެމްބަރުން ހިމެނޭ އެންއައިސީގައި މިވަގުތި ތިއްބެވީ ހަތަރު މެމްބަރުންނެވެ. މި ހުރިހާ މެމްބަރުންނަކީވެސް 2020 ގައި އައްޔަންކުރި މެމްބަރުންނެވެ.