
އޮންލައިންކޮށް މުދާ ގަންނަނަމަ ތަކެތި ލިބުމުން ފައިސާ ދައްކަން ފުލުހުން އެދޭ
"ހޯމް އާޓް ފަރުނީޗަރު" ފޭސްބުކް ޕޭޖުން މުދާ ނުގަނޭ، އޮޅުވާލުން
މުހައްމަދު އާދަމް އަހްމަދު
09 ޑިސެމްބަރ 2024 - 16:48:32
އޮންލައިންކޮށް ފޭސްބުކްގައި ވިޔަފާރިކުރަމުން އަންނަ "ހޯމް އާޓް ފަރުނީޗަރު" ޕޭޖުން މުދާ ގަތުމުގައި ސަމާލުވާން ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ މިހާރަކަށް އައިސް އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ހާއްސަކޮށް ފޭސްބުކްގައި ހިންގާ "ހޯމް އާޓް ފަރުނީޗަރ" ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ. އެގޮތުން މުދަލަށް ފައިސާ ދެއްކުމަށްފަހު ތަކެތި ނުލިބޭ މައްސަލަތައް ރިޕޯޓްކުރަމުން އަންނަކަން ފުލުހުން ފާހަގަކުރިއެވެ. އޮންލައިނކޮށް ކުރާ ވިޔަފާރިިިތަކުގައި މުދާ ލިބުމުން ނޫނީ ފައިސާ ނުދެއްކުމަށް ފުލުހުން ވަނި އިލްތިމާސްކޮށްފައެވެ.
" އެހެންކަމުން، އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކެވުމަށާއި "ހޯމް އާޓް ފަރުނީޗަރ" ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރައްވާނަމަ އެ ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރުކުރެއްވުމަށް އިލްތިމާސްކުރަން." ފުލުހުން ގެ އިލްތިމާސްގައިވެއެވެ.
މިފަދަ ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކުކޮށް އެކަން ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކުރުމަށް އެ އިދާރާއިން އެދެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް