ads
ފުލުހުންގެ 37 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު
ކޮމިޝަނާ އޮފް ޕޮލިސް އެދިވަޑައިގަތީ ފުލުހުން ރައްޔިތުންގެ އިތުބާރު ހޯދަން
ފުލުހުންގެ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންނަކީ ވެސް ފުލުހުންގެ އިންޓަގްރިޓީ ހިފަހައްޓައި އަހުލާގީ ގޮތުން ހަރުދަނާ ބަޔަކަށް ވުމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެދިވަޑައިގެންފި އެވެ.
Advertisement

37 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމަށް އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ޕޮލިސް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، ފުލުހުންނަކީ މި ހަދާ ޕްލޭންތައް ތަންފީޒް ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަން ތިބި އަދުގެ ނޫކަށި ފުލުހުން ކަމަށާއި، މިރޭ ދަސްވެނިވެ ފުލުހުންގެ ހިދުމަތަށް ނިކުންނަ އޮފިސަރުންނަކީ މި ދެންނެވި ޕްލޭންތައް ތަންފީޒު ކުރުމުގައި ފަސްނުޖެހި ކެރިގެން ކުރިމަތިލާ ފުލުހުންނަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. 

މިއަދު ޓްރެއިނިން ނިންމާ ރައްޔިތުނަށް ހިދުމަތްކުރުމަށް ނުކުންނަ އޮފިސަރުންނަކީ ފުލުހުންގެ އިންޓަގްރިޓީ ހިފަހައްޓާ، އަހުލާގީ ގޮތުން ރަނގަޅު ހަރުދަނާ ބަޔަކަށް ވުމަށް އަޒުމް ކަނޑައެޅުމަށް ދަސްވެނިވި އެންމެހާ އޮފިސަރުންނަށް ސީޕީ ޝުޖާއު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

އަދި އެއާއެކު ފުލުހުންނަކީ ހަރުދަނާ ގާބިލު ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށާއި ރިވެތި އަހުލާގުގެ ވެރި ބަޔަކަށް ވާންޖެހޭ ކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.

"ޑިއުޓީ ގަޑިތަކާއި އެނޫން ގަޑިތަކުގައި ވެސް ރިވެތި އަހުލާގާއި ސުލޫކު ހިފަހައްޓާ ރިވެތި ބަހުން މުއާމަލާތުކުރާ ބަޔަކަށް ވުމަށް އަޅުގަނޑު ތިޔަ އެންމެހައި ފުލުހުންނަށް ގޮވާލަން." ސީޕީ ޝުޖާއު ވިދާޅުވި އެވެ. މިއަދު ޓްރެއިނިން ނިންމައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނިކުންނައިރު ތިޔަ އޮފިސަރުންނަކީ ފުލުހުންގެ އިންޓެގްރިޓީ ހިފަހައްޓައި އަހުލާގީ ގޮތުން ރަނގަޅު ހަރުދަނާ ބަޔަކަށް ވުމަށް އަޒުމު ކަނޑައެެޅުމަށް އަޅުގަނޑު ތިޔަ އޮފިސަރުންނަށް ނަސޭހަތްތެރިވަން، 

ޝުޖާއު ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު ހިފޭ، ފަންނީ ގޮތުންނާއި އުމްރާނީ ގޮތުން ކުރިއަރާފައިވާ ޚިދުމަތަކަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދަމަހައްޓައި އެމީހުންނަކީ ވަތަނީ ބަޔަކަށް ވާންޖެހޭ ކަމަށާއި ފުލުހަކު ކުށެއް ކޮށްފި ނަމަ އެމީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި މިއަހަރުގެ ތެރޭގައި ފުލުހުންނާ ގުޅޭގޮތުން ހުށަހެޅުނު 91 މައްސަލައެއް ބަލައި 57 ފުލުހަކަށް ފިޔަވަޅު އަޅާފައިވެ އެވެ. އަދި 20 ފުލުހުން ވަނީ ވަޒީފާއން ވަކިކޮށްފަ އެވެ.

އެހެންވެ ސީޕީ އެދިވަޑައިގަތީ ހެދިފައިވާ ގަވައިދުތަކަށް ބޯލަނބައި އަހުލާގު ރަނގަޅު ބަޔަކަށް ވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް