ads
ކަރަންޓު ބިލުގެ ޖޫރިމަނާ މައާފުކުރަން ދިން މުއްދަތު ހަމަވަނީ،
އާއްމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުގެ ޖޫރިމަނާ މަޢާފުކުރަން ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާތީ އެކަަމަށް ސަމާލުވުމަށް ސްޓެލްކޯއިން އެދެފިއެވެ.
Advertisement

ކަރަންޓް ބިލްގެ ޖޫރިމަނާތައް މައާފުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން ސްޓެލްކޯއިން ވަނީ އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށް، ޖޫރިމަނާއާއި ނުލާ ފައިސާ ދެއްކޭނެ އިންތިޒާމުވާނީ 1 އޭޕްރިލް 2024 އިން ފެށިގެން ހަމަޖައްސާފައެވެ. 

މިގޮތަށް ޖޫރިމަނަ މައާފުކޮށްދެނީ އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ބިލުތަކުން، (ޑޮމެސްޓިކް ކަސްޓަމަރުންނަށް) އެކަންޏެވެ. ޖޫރިމަނާ މަޢާފުކުރެވޭނެ ބިލްތަކަކީ  31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތައްކަމަަސް ސްޓެލްކޯއިން އިން ބުނެއެވެ. 

ޖޫރިމަނާ މަޢާފުކުރެވޭ ގޮތް:

 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާއި ނުލާ ބާކީ އަދަދު) ދެއްކުމުން، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކުރެވޭނެ.

މި މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް، ޖޫރިމަނާއާއި ނުލައި ދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެެވެ. މިގޮތުން، ޖޫރިމަނާއާއި ނުލާ ބާކީ އަދަދު ދެއްކޭނެގޮތަށް ބިލުތަކަށްވާނީ ވަގުތީގޮތުން އެޖަސްމެންޓެއް ހިމެނިފައިވާކަމާއި  މި ބިލުތަކަށް 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ޔޫސޭޖް އަދަދު (ޕްރިންސިޕަލް އަދަދު) ދައްކާ ހަލާސްނުކުރެވޭނަމަ، މި ބިލުތަކުން އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު އަލުން 01 ޖަނަވަރީ 2025 އިން ފެށިގެން ބިލުތަކުގައި ހިމެނިގެންދާނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް، ސްޓެލްކޯގެ ހޮޓްލައިން 1545 ގުޅުމަށް އެކުންފުނިން އެދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް