ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފައިވަނީ ނޮވެމްބަރު 28 ގައި ކަމަށެވެ. އަދި އެ މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފައިވަނީ އޭނާއާ ގުޅޭ މައްސަލައެއްގެ ތަހުގީގު ނިމެންދެން ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މެޖިސްޓްރޭޓް ސަސްޕެންޑް ކުރަން ނިންމީ ތަހުގީގަށް ހުށަހަޅާފައިވާ ހެކިތަކަށް ބެލުމަށް ފަހު އެވެ. އަދި މަގާމުގައި ދެމިހުރެއްޖެ ނަމަ މައްސަލަ ތަހުގީގު ކުރުމަށް ހުރަސްތަކެއް އެޅިދާނެ ކަމަށް ބެލުމަށް ފަހު އެވެ.
ޖޭއެސްސީން މިހާރު ގެންގުޅޭ އުސޫލަކީ ފަނޑިޔާރެއްގެ މައްޗަށް މައްސަލައެއް ސާބިތުވާ ހާލަތުގައި މެނުވީ ތުހުމަތު ކުރެވޭ މައްސަލައިގެ ތަފުސީލު ހާމަނުކުރުމެވެ. އެހެންކަމުން މި މައްސަލައިގެ ތަފުސީލު ވެސް ހާމަކޮށްފައެއް ނުވެ އެވެ.