ads
މާލެ ސިޓީ
ލޮކްޑައުންގެ މުއްދަތު ދިގު ދަންމާލައިފި
މާލޭ ސިޓީގައި އިއްޔެ އިއުލާންކުރި ލޮކްޑައުންގެ މުއްދަތު ދިގު ދަންމާލައިފި އެވެ.

އިއްޔެ 15:30 އިން މާލޭ ސަރަހައްދު ލޮކްޑައުންކުރީ 24 ގަޑި އިރަށެވެ. އެ ވަގުތު މިއަދު 15:30 ގައި ހަމަވާއިރު އެޗްޕީއޭ އިން މީގެ ކުޑަ އިރުކޮޅެއް ކުރިން ނެރުނު އިއުލާނެއްގައި ބުނީ، މާލެގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމަށް އެންގި އެންމުމުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން މިދިޔަ މަހުގެ 12 ގައި ރާއްޖޭގައި އާންމުކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ދަށުން އިއްޔެ މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އިތުރު 24 ގަޑިއިރަށް ދަންމާލަން ނިންމާފައިވާ ކަމަށެވެ.

ލޮކްޑައުންގެ މުއްދަތު އިތުރުކުރުމާއެކު މަނާވާނެ ކަންކަން:

  1. މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާކުރުން.
  2. މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓައިލުން.
  3. މާލެ، ހުޅުމާލެ، ވިލިމާލޭ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން

މާލެ ސިޓީ ލޮކްޑައުން ހާލަތަށް ގެނެސްފައިވާއިރު މި ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތަކުގެ ގޮތުގައި ވަނީ ފުލުހުންނާއި ސިފައިންގެ އިތުރުން ސިއްހި ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އަދި އެން.އީ.އޯ.ސީ.ގެ ފާސްލިބިފައިވާ ފަރާތްތަކާއި ފާސްލިބިފަިވާ މީޑިއާތަކަށެވެ. 

އަދި މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުންކަމަށް އެޗްޕީއޭއިން މައުލޫމާތުދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް