ads
ޕީޖީ އޮފީސް - ފޮޓޯ: ސަން
ޑުރަގް އޮޕަރޭޝަންގައި، ހައްޔަރުކުރި 58 މިހުންގެ މައަސަލަ ޕީޖީއަށް
މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުވައްމުލައް ސިޓީގައި ހިންގާ އޮޕަރޭޝަންގެ ދަށުން ހައްޔަރު ކުރި 58 މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަމަށް މޯލްޑީވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
Advertisement

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުވައްމުލައް ސިޓީގައި " އޮޕަރޭޝަން ވެށި ރައްކަލް" ގެ ނަމުގައި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ފުލުހުން ފެށީ ފާއިތުވި ޖެނުއަރީ މަހުގެ 14 ވަަަނަ ދުވަހުގައެވެ.

މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 4،048 ހޮޓްސްޕޮޓް ބަލައި ފާސްކޮށް ، 1147 މީހުން ހުއްޓުވައި ސުވާލުކޮށް ފާސްކޮށް  58 މީހުން ހައްޔަރުކޮށްފައި ވާ ކަމަށް އެ ހިދުމަތުން ބުނެއެވެ. ހައްޔަރު ކުރިމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖުމްލަ 75 މައްސަލައެއް ތަހުގީގުކޮށް ، 65 މައްސަަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާނެކަމަށް ފުލުހުން ބުނެއެވެ.

އެ އޮޕަރޭޝަންގައި މިހާތަަނަށް ކުރެވުނު މަސައްކަތްތަކުންނާއި ހިންގުނު ތަހުގީގުތަކުން ، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރީކޮށް މަނީކޯންޑާކުރުމުގައި އިސްކޮށް ހަަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ފަރާތްކާއި  އެފަރާތްތަަކަށް އެހީވާ ފަަރާތްތައް މިހާރު ދެނެގަނެވިފައިވާކަަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، 2024 ޑިސެންބަރު 9 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ . ޏ. ފުވައްމުލައް / ދޫޑިގަން، ކަރަންކާވިލާ، އަހްމަދު ނިއުޝާދު (34 އަހަރު) އާއި ޏ. ފުވައްމުލައް / ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29 އަހަރު) އެވެ.

ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ފާއިތުވި 5 އަހަރު ތެރޭގައި އަހްމަދު ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. އަދި ފާއިތުވި 2 އަހަރު ތެރޭގައި ހަސަން އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަން ފުލުހުން ބުނެއެވެ.

އޭގެއިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 21 މީހެއްގެ އަދި 2 ކުންފުންޏެއްގެ އެކައުންޓް ކޯޓު އަމުރުގެ ދަށުން ހިފަހައްޓާފައިވާކަމަށެވެ.  އަދި މި ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުންގެ ހިދުމަތުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަަމަށް އެފަރާތުން ބުނެއެވެ.

ގުޅުންހުރި އިދާރާތަކުންނާއި ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފަރާތުން މި އޮޕަރޭޝަނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ  ޝުކުރު އަދާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް