މި ބައްދަލުވުން ސިއްރުކޮށްފައިވަނީ މަޓީގެ އެދުމުގެ މަތިންނެވެ.
މި ބައްދަލުވުމުގައި މަޓީން ވަނީ ބޭރު ފައިސާއާ ބެހޭ އާ ގަވައިދާ ގުޅިގެން ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ބޭންކުތަކުން ޑޮލަރު މާރުކުރަން ލާޒިމްކޮށް ހެދި ގަވައިދުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް މަޓީން ބުނެފައިވެ އެވެ.
ޓޫރިޒަމް ދާއިރާގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ އާއި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވެސް ވަނީ މި ގަވައިދު ސަސްޕެންޑް ކުރުމަށް އެމްއެމްއޭ އަށް އިލްތިމާސްކޮށްފަ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ހަވީރު ހަޔެއް ޖެހުމުގެ ކުރިން ފޮރެކްސް ބިލް ދިރާސާކުރުމުގެ މަސައްކަތް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.